އެންމެނަށް ރައްކާތެރިކަން

cloudfront.crimethinc.com/assets/articles/2020/03/26/header.jpg

އެންމެނަށް ރައްކާތެރިކަން

Immunity for all: a poster supporting the rent strike. Click on the image to download the poster.

މި ވަބާއާ ކުރިމަތިލަމުން ދާ ދަނޑިވަޅުގައި، ހަނގުރާމަ ކުރަން ޖެހިފައިވަނީ ހަމައެކަނި ވައިރަހަކާ އެކަންޏެއްނޫނެވެ. އަނިޔާވެރި ކަމުގެ މައްޗަށް ބިނާވެފައިވާ މާކެޓާވެސް ކުރިމަތިލާން ޖެހިފައިވެއެވެ. ކޮވިޑް-19 ގެ ވަބާގެ ކުރިންވެސް، އެތައް ހާސް ބަޔަކު ދިރިއުޅެމުންދިޔައީ ބިކަ ހާލުގައި، ކިރިޔާ ކުލި ދެއްކޭ ވަރުކޮށްގެންނެވެ. މިއަދު މި ކުރިމަތިލަނީ، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ހޯދޭނެ ގޮތެއް ނެތް ދަތި ދުވަސްތަކަކާއެވެ. ހަމަ ހަގީގަތުގައިވެސް ކުއްޔާއި ބިލްތައް ނުދެއްކޭނެ ދުވަސްތަކެކެވެ.

ގެދޮރަކީ އިންސާނާގެ ދިރިއުޅުމުގެ އަސާސެކެވެ. ރައްކާތެރިކަން ހޯދައި ދިފާއުވުމުގެ މައި ހިޔާވަހިކަމެވެ. އަހަރުމެންގެ ތެރެއިން އެއްވެސް ބަޔަކު ގެދޮރު ނުވަތަ ބޭނުންވާ އަޅާލުމުން މަހުރޫމްވެފައިވާނަމަ އެއީ މުޅި އާބާދީއަށް އޭގެން ގެއްލުންވެ ބަލިމަޑުކަން ފެދުރިގެން ދާން މަގުފަހިވާނެކަމެކެވެ. މި ވަބާއިން ސަލާމަތްވުމަށް، އަހަރުމެންނަށް އަނިޔާވެރިވާ ހުރިހާ ވަބާތަކުން ރައްކާތެރިކަން ހޯދަންޖެހެއެވެ. އެއީ ވައިރަހުން ކަމުގައިވިޔަސް، ނުވަތަ ބޭންކުތަކާއި، ބިންވެރިންނާއި ކޮންޓްރެކްޓަރުންގެ ކިބައިން ކަމުގައިވިޔަސް އެބައިމީހުންގެ ޝިކާރައިން ސަލާމަތްވާންޖެހެއެވެ.

މި އޭޕްރީލް މަހު، ބިލްތަކާއި ކުުއްޔާއި ލޯނު ދައްކަން ދެކޮޅުހަދާށެވެ. އަހަރެމެންގެ ތެރޭގައި ބަލިމަޑުކަން އުފައްދާ، އަހަރެމެން ފަގީރުކޮށް، އަހަރެމެން ނުރައްކަލަށް ހުށަހަޅާ ހުރިހާ ބާރުތަކާ ދެކޮޅަށް ހަޅުތާލު ކުރާށެވެ. އަހަރެމެންގެ އަތުގައި ހުރި ވަޞީލަތްތައް، މުއްސަނދިންގެ ޖީބުތައް ފުރުމުގެ ބަދަލުގައި، މުޖުތަމައުގެ ފައިދާއަށް ބޭނުން ކުރަމާ ހިނގާށެވެ. އަހަރެމެން އެކުވެ އެއްބައިވެގެން، ބަލިމަޑުކަމާއި، ބާކީވުމާއި، ނާޖާއިޒުފައިދާ ނެގުމާއި، އިންސާނިއްޔަތުކަމާއި ދެކޮޅު ފާޝިއަތުންގެ ކިބައިން ރައްކާތެރިވެވޭނެއެވެ. ރައްކާތެރިކަން އެންމެނަށް!